ހަތް ދާއިރާއެއްގެ އިންތިހާބަށް އަލުން ހުޅުވާލަނީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބު ކުރުމަށް ހަަމަޖެހިފައިވާ ހަތް ދާއިރާއެއްގެ އިންތިހާބުަގައި ވާދަ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފި އެވެ. އިލެކްޝަންސް ކޮމިޝަ...

17 Feb 2021 | 03:34

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބު ކުރުމަށް ހަަމަޖެހިފައިވާ ހަތް ދާއިރާއެއްގެ އިންތިހާބުަގައި ވާދަ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ހަތް ދާއިރާއަކީ ކަނޑައެޅިފައިވާ އަދަދަށް މީހުން ކުރިމަތި ނުލާ ދާއިރާތަށް ކަމަށެވެ. ވަރަށް އަވަހަށް އެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އެކަނި ކަމަށެވެ.

އެ ދާއިރާތަކަކީ:

ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

ބ. ފުޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

ކ. ދިއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

އއ. ފެރިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

މ. ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

އީސީން ބުނީ މި ދާއިރާތަކުގައި އިންތިހާބު ކުރަން ޖެހޭ އަދަދު ކަމަށްވާ ފަސް މެމްބަރުން ކުރިމަތިލާފައި ނުވާ ކަމަށެވެ. މީގެ ތެރެއިން ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް އެއްވެސް މީހަކު ކުރިމަތި ލާފައެއް ނުވެ އެވެ.

ކުރިޔަށް އޮތް ކައުންސިލް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރިލް 10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް