ކޮވިޑާ ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތާއި ވެކްސިން ޕްރޮގްރާމަށް ބިލް ގޭޓްސްގެ ތައުރީފު

ކޮވިޑާއި ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް މައިކްރޮސޮފްޓްގެ ވެރިޔާ ބިލްގޭޓްސް ތައުރީފު ކޮށްފިއެވެ. އިންޑިޔާގެ ވެކްސިން އުފެއްދުމުގެ ގާބިލުކަމާއި ސައިންސްގެ އަލީގައި ހޯދުންތައް ހޯދުމުގެ އިސްނެގުމ...

17 Jan 2021 | 18:46

ކޮވިޑާއި ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް މައިކްރޮސޮފްޓްގެ ވެރިޔާ ބިލްގޭޓްސް ތައުރީފު ކޮށްފިއެވެ.

އިންޑިޔާގެ ވެކްސިން އުފެއްދުމުގެ ގާބިލުކަމާއި ސައިންސްގެ އަލީގައި ހޯދުންތައް ހޯދުމުގެ އިސްނެގުމަށާއި ޓްރޭސިންގ ހެދުމަށް އުފައްދާފައިވާ ޑިޖިޓަލްގެ އެޕަށް ވެސް ބިލްގޭޓްސް ވަނީ ތައުރީފުކޮށްފައެވެ. މީގެ އިތުރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އިންޑިޔާއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، ބިލްގޭޓްސް ވަނީ މޯދީއަށްވެސް ތައުރީފު ކުރައްވާފައެވެ.

ބިލް ގޭޓްސް ވަނީ މި ނިމިދިޔަ އަހަރު އޭޕްރީލް މަހުވެސް މޯދީ އަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން މޯޑީ ގެ ހިންގުންތެރިކަމާ ސަރުކާރުން ކޯވިޑް 19 ގެ ޕެންޑެމިކްއާ ދެކޮޅަށް ކުރި މަސައްކަތް ފާހަގަކުރިއެވެ.

ދުނިޔޭގެ ވެކްސިން އުފައްދާ އެންމެ ބޮޑު އެއް ކުންފުނި އިންޑިޔާގައި ހުރެއެވެ. 65 އަހަރުން މަތީގެ 94 މިލިއަން މީހުންނާއެކު، ޖުމުލަ 1.3 ބިލިއަން މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިޔާއިން ކުރާ މަސައްކަތުން އިންޑިއާ ވެގެންދާނީ، އެއް ގައުމެއްގައި އެންމެ ގިނަ ވެކްސިން ފޯރުކޮށްދޭ ގައުމަށެވެ.

އިންޑިޔާގައި އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ސިއްހީދާއިރާގެ ފްރޮންޓް ލައިންގައި އުޅޭ މީހުންނާއި، 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިން ޖެހުން މުހިންމު މީހުންނަށެވެ. އިންޑިޔާ ސަރުކާރުގެ އަމާޒަކީ ހަމަހާ އަށްމަހާ ދޭތެރޭގައި 250 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް