ކޮވިޑް ވެކްސިން ޖެހުމަށް ސިއްހީ ޚިދުމަތްތެރިން ރެޖިސްޓްރީވުމަށް މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ވެކްސިން ޖެހުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ސިއްހީ ޚިދުމަތްތެރިން ނަން ނޯޓު ކުރުމަށް ޕޯޓަލެއް މާދަމާ ހުޅުވާލާނެ ކަމަށެވެ.
"ވެކްސިން ޖަހަން ބޭނުންވާ ސިއްހީ އެހީތެރިން ނަންނޯޓު ކުރަން މާދަމާ އަޅުގަނޑުމެން ޕޯޓަލެއް ހުޅުވާލާނަން. އެ ޕޯޓަލްގައި ރެޖިސްޓްރީވުމުން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނީ." ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އިތުރު ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި މިގޮތަށް ހުޅުވާލަމުން ދާނީ ވެކްސިން ޖެހުމަށް އޮންނަ ތަރުތީބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް