އިިތުރު 51 މީހުން ޕޮސިޓިވް، އެކްޓިވް ކޭސްތަކުގެ އަދަދު 900 އަށް

ރާއްޖެއިން އިތުރު 51 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުން 28 މީހުންނާއި މާލެ ސަރަހައްދުން ޕޮސ...

17 Jan 2021 | 17:30

ރާއްޖެއިން އިތުރު 51 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުން 28 މީހުންނާއި މާލެ ސަރަހައްދުން ޕޮސިޓިވްވި 19 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ސާފާރީތަކުން މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮސިޓިވްވި ތިން މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،003 ސާމްޕަލެވެ.

މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުން ދަނީ 917 މީހުންނަށެވެ. އޭގެ ތެރެއިން 69 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަތަރު މީހަކު އައިސިޔޫގާއި އޮތް އިރު އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި އެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީގައި ފަސް މީހަކު އެޑްމިޓްކޮށްފައިވާއިރު ލ. ގަން ކޯވިޑް ފެސިލިޓީގައި ދެ މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 13،540 މީހުންނެވެ. އަދި މި ބަލީގައި މަރުވެފައިވަނީ 49 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 14،513 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް