އެންދަމަން އުޅުނު ދޯންޏެއް ފަރަކަށް އަރައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިއީ ރ. ދުވާފަރަށް ނިސްބަތްވާ "ހިތްވަރު" ނަމަކަށް ކިޔާ މަސްދޯންޏެއް ކަމަށެވެ. އަދި މިދޯނި އަރާފައިވަނީ ރ. ކަނދޮޅުދޫ ގެ ހުޅަނގު ދެކުނު ފަރާތުގައި އޮތް ފަރަކަށް ކަމަށެވެ.
އެ ދޯނީގައި11 މީހުން ތިބި ކަމަށާއި ދޯނި ފަރަށް އެރުމާއެކު އިންޖީނު ރޫމުން ދިޔަވާކަމުގެ ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް