ފޯއްކޮޅު ގެންދިޔަސް ތަބަށް ނުގެންދާތި!

ރެސްޓޯރެންޓްތަކުން ކެއުމަކީ މިހާރު ވަރަށް އާންމުކަމެކެވެ. ޚާއްޞަކޮށް ކޮންމެ މަހެއް ފެށި މުސާރަ ލިބޭ ދުވަސްކޮޅަކީ ރެސްޓޯރެންޓްތައް ފުރާލާފައި އޮންނަ ދުވަސްކޮޅެކެވެ. ކެއުމަށް ނޫނަސް ރައްޓެހިންނާއެކީ ކޮފ...

17 Jan 2021 | 16:35

ރެސްޓޯރެންޓްތަކުން ކެއުމަކީ މިހާރު ވަރަށް އާންމުކަމެކެވެ. ޚާއްޞަކޮށް ކޮންމެ މަހެއް ފެށި މުސާރަ ލިބޭ ދުވަސްކޮޅަކީ ރެސްޓޯރެންޓްތައް ފުރާލާފައި އޮންނަ ދުވަސްކޮޅެކެވެ. ކެއުމަށް ނޫނަސް ރައްޓެހިންނާއެކީ ކޮފީއެއް ބޯލުމަށް ނުވަތަ ހަމައެކަނި ދުފާލުމަށްވެސް މިހާރު މީހުން ރެސްޓޯރެންޓްތަކަށް ގޮސް އުޅެއެވެ. ރެސްޓޯރެންޓަށް ގޮސް ކައި ނިމިގެން ދުފާ ތަބަށް ގެނައުމުން ދެން އެ ވާގޮތުގެ ވާހަކައަށް ބަލައިލަމާ ހިނގާށެވެ.

ދިވެހިންނަކީ އާންމުގޮތެއްގައި ވަރަށް ގިނައިން ދުފާ ބައެކެވެ. ކައިގެން އެކަންޏެއް ނޫނެވެ. ފެންފޮދެއް އަރުން އެތެރެކޮށްފާވެސް ދުފާލަންޖެހޭ ބައެކެވެ. އެހެން ކަމުން ކައި ނިމުމުން އެ ގެންނަ ނަޓްސްކޮޅަކީ ދިވެހިންނަށް ހަމަ މަރެކެވެ. މީގައި އެންމެ މަޖާ ކަމަކީ ރެސްޓޯރެންޓް ތަކަށް ކާން ދާ ގިނަ މީހުންނަކީ މީރު އެއްޗެއް ކާލުމަށް ދާ ބައެއްކަމުން ގިނަ ފަހަރަށް ގެންނަ ހުރިހާ ސާމާނެއް ހުހެއް ނުވެއެވެ. ބައެއް މީހުން އެތަކެތި އިސްރާފުކޮށްފައި ގެއަށް އަންނަ އިރު އަނެއް ބަޔަކު އެތަކެތި ޕެކް ކޮށްގެން ގެއަށް ގެންދާ މަންޒަރުވެސް ފެނެއެވެ. އެހެން ނަމަވެސް ކައި ނިމުމުން ދުފާލުމަށް އެ ގެންނަ ނަޓްސް ކޮޅު ޓިޝުލަކަށް އަޅައިގެން ވަރަށް ނޫން ގޮތަކަށް ފޮރުވައިގެން ގެންދާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ.

މީހުން ނުވާ ކަމަކަށް ހަދައިގެން ސިއްރުސިއްރުން ތަބަކުގައި ހުންނަ ފޯށްކޮޅު ގެންދާތަން ފެނުމުން އުފެދޭ ސުވާލަކީ އެއީ ކުރުން ރަނގަޅު ނޫން ކަމަކީ ބާވައެވެ. ނުވަތަ ގެއަށް ގެންގޮސްގެން ނުވާނެ ގޯސް އެއްޗަކީ ބާވައެވެ. ހަމަ ގައިމުވެސް ބިލް ގެންނަ އިރުގައި ނަޓްސް ވެސް ބިލްކޮޅުގައި ލިޔެފައި އޮވެއެވެ. ކަން މިހެން އޮތް އިރު, ކާން ގެންނަ ކާ އެތިކޮޅުންވެސް ރެސްޓޯރެންޓްގައި ކައި ހުސްނުވާ ބައި ޕެކް ކުރަން އެދިގެން އެ ބައި ގެއަށް ގެންނައިރުގައި ނަޓްސްކޮޅު ޓިޝުލަށް ލައިގެން ނޫންގޮތަކަށް ޖީބަށް ލާން ޖެހެނީ ކީއްވެބާއެވެ. ނަޓްސް އަކީވެސް ހަމަ ލާރިދައްކާފައި ގަންނަ އެއްޗެކެވެ. ވީރު އަމިއްލައަށް ލާރިދައްކާފައި ގެންނަ ނަޓްސްކޮޅު ގެއަށް ނުގެނެވެންވީ ސަބަބެއްނެތެވެ. މީގައި ގޯހީ ތަބަށް ގެނައީމަ ނޫންހެއްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް