14 މިލިއަން ޓަނުގެ މައިކްރޯ ޕްލާސްޓިކް މޫދުގައި- ޒިންމާވާނީ ކާކު

ދުނިޔޭގެ ކަނޑުގައި ގާތްގަނޑަކަށް 14 މިލިއަން ޓަންގެ މައިކްރޯ ޕްލާސްޓިކް ހުރިކަމަށް ރިސާޗްތަކުން ދައްކައިފިއެވެ. އޮސްޓްރޭލިއާގެ ނެޝަނަލް ސައިންސް އެޖެންސީން ތައްޔާރުކޮށްފައިވާ ރިސާޗަކުން ދައްކާގޮތުގައި...

17 Jan 2021 | 15:33

ދުނިޔޭގެ ކަނޑުގައި ގާތްގަނޑަކަށް 14 މިލިއަން ޓަންގެ މައިކްރޯ ޕްލާސްޓިކް ހުރިކަމަށް ރިސާޗްތަކުން ދައްކައިފިއެވެ.

އޮސްޓްރޭލިއާގެ ނެޝަނަލް ސައިންސް އެޖެންސީން ތައްޔާރުކޮށްފައިވާ ރިސާޗަކުން ދައްކާގޮތުގައި މޫދަށް ކުނިއެޅުން ނުހުއްޓައިފިނަމަ އޭގެ ގެއްލުން ޢާންމުންނަށް ކުރިމަތިވާން ދެން މާ ގިނަ ދުވަހެއް ނެތްކަމެވެ.

ދުނިޔޭގެ އެތަށް ޤަޢުމަކުން ޕްލާސްޓިކް ފްރީ ތަނަކަށް ހެދުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް މޫދުގައި ޕްލާސްޓިކް ހުންނަ މިންވަރު މަދު ނުވާ ކަމުގައި ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަން ދިގުލައިގެން ގޮސްފިނަމަ މިއީ މޫދުގައި ދިރިއުޅެމުންދާ ދިރުންތަކަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި އޭގެ އިތުރުން އިންސާނުންގެ ކެއުމަށްވެސް މިކަމުން އަސަރުކުރާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ކަނަޑުގައި ޕްލާސްޓިކް ހުންނަ މިންވަރު ބެލުމަށް މިފަހަރު ހަދާފައިވާ މި ރިސާޗް ހަދާފައިވަނީ ރޮބޮޓިކް ސަބްމެރިންއެއް ބޭނުންކޮށްގެންނެވެ. އެގޮތުން އޮސްޓްރޭލިއާގެ ކަނޑުގެ ޞަރަޙައްދުން 3000 މީޓަރުގެ އަޑިން ސާމްޕަލް ނަގައިގެން ތައްޔާރުކުރި މި ރިސާޗް އިން ދައްކާގޮތުގައި އެންމެ ގިނައިން ކަނޑުގައި ހިމެނޭ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ކުދިކުދި މިނާ އޮށާއި, ރީތިވާ ސާމާނުގެ އިތުރުން ދަތް އުނގުޅުމަށް ބޭނުންކުރާ ތަކެއްޗާއި އަދި ލޯންޑްރީގައި ބޭނުންކުރާ ތަކެތި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް