އިޓަލީގެ ސަލާމީ ޖަރާސީމުން ތަގައްޔަރުވެފައި، ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފި

ކުކުޅާއި ޓާކީ ފިޔަވާ އެއްގަމު މަހުގެ ބާވަތްތައް ހިމެނޭ އިޓަލީގެ ސަލާމީ ބޭނުން ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިން މަނާކޮށްފި އެވެ. އެ އޮތޯރިިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނ...

17 Jan 2021 | 13:36

ކުކުޅާއި ޓާކީ ފިޔަވާ އެއްގަމު މަހުގެ ބާވަތްތައް ހިމެނޭ އިޓަލީގެ ސަލާމީ ބޭނުން ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިން މަނާކޮށްފި އެވެ.

އެ އޮތޯރިިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަލްމޮނެއްލާ ކިޔާ ސަޖާރީމަކުން ސަލާމީ ތަގައްޔަރުވެފައިވާ ކަމަށް އެ އޮތޯރިޓިއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު އެމްއެފްޑީއޭ އާއި ހިއްސާ ކުރީ ޔޫރަޕްގެރެޕިޑް އެލާޓު ސިސްޓަމް ފޯ ފުޑް އެންޑް ފީޑު (އާރުއޭއެސްއެފްއެފް) އިންނެވެ.

އެމްއެފްޑީއޭއިން ބުނީ އިޓަލީގެ ސަލާމީ ރާއްޖެ އެތެރެކޮށްފައިވާ ކަމަށާއި އަދި ވިއްކަން ބާޒާރަށްވެސް ނެރެފައިވާ ކަމަށެވެ.

އެހެންވެ އާރުއޭއެސްއެފްއެފް އިން ދިން މައުލޫމާތާއި ގުޅިގެން އެ އޮތީރިޓިން ވަނީ މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކާތެރިކަން ބެލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 3014361 ނަމްބަރު ފޯނަށް ގުޅުމަށް އެ އޮޓޯރިޓީން އެދިފައިވެ އެވެ.

https://twitter.com/MFDA_mv/status/1350784165319307266

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް