ކާރްތިކް އޭނަގެ މަންމަގެ އުފަންދުވަހު ކަންތައްކުރިގޮތް އެނގޭތަ

ކާރްތިކް އަކީ ބޮލީވުޑްގައި ކުރިއަރަމުންދާ މީހުންގެ މަޤުބޫލުކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައިވާ ތަރިއެކެވެ. މިއަދަކީ ކާރްތިކްގެ މަންމަގެ އުފަންދުވަހަށް ވީއިރުގައި އޭނާ މިފަހަރު މިވަނީ ވަރަށް ތ...

17 Jan 2021 | 13:14

ކާރްތިކް އަކީ ބޮލީވުޑްގައި ކުރިއަރަމުންދާ މީހުންގެ މަޤުބޫލުކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައިވާ ތަރިއެކެވެ.

މިއަދަކީ ކާރްތިކްގެ މަންމަގެ އުފަންދުވަހަށް ވީއިރުގައި އޭނާ މިފަހަރު މިވަނީ ވަރަށް ތަފާތުކަމެއް ކޮށްފައެވެ.

އެގޮތުން އިންސްޓަގްރާމްގައި ކާރްތިކް ވަނީ އޭނާގެ މަންމައާއެކު ނުހަނު ރިވެތި ފޮޓޯއެއް އޭނާގެ ފޭނުންނަށް ދޫކޮށްލާފައެވެ. އަދި ފޮޓޯ ސިފަކޮށްދީފައިވަނީ މަންމަ އަކީ އޭނާގެ ދުނުޔެކަމުގައެވެ. ކާރްތިކް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވާ މި ފޮޓޯއިން ކާރްތިކް ފެނިގެންދަނީ މުޅީން އެއްކޮށް ކަޅުކުލައިގެ ހެދުމެއްގައެވެ. އަދި އޭނާގެ މަންމަ ފެނިގެންދަނީ އެއްކޮށް ހުދު ހެދުމެއްގައެވެ.

ކާރްތިކް އޭނާގެ މަންމައަށް އުފަންދުވަހުގެ ތަހުނިޔާ ކީ ގޮތުން އޭނާގެ ސަޕޯޓަރުންގެ ލޯބި ވަނީ އޮހެންފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް