ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވަރަށް ގިނަ ޒުވާނުންގެ ނަން މަދު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިހާބަށް އާންމު ކުރި ވޯޓާސް ލިސްޓަށް ފަހު އިންތިހާބު ފަސްކުރި ފަހުން ވޯޓާސް ލިސްޓު އާންމު ކޮށްފައެއް ނުވެ އެވެ. އީސީން ކުރިން ބުނީ އަލަސް ވޯޓު ލެވޭ މީހުން ހިމަނައިގެން ވޯޓާސް ލިސްޓު އާންމު ކުރާނެ ކަމަށެވެ.
އެ ލިސްޓު އާންމު ނުކުރަނީސް މިއަދު އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބުގެ ވޯޓު ލެވޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ވަރަށް ގިނަ ޒުވާނުން އެބަތިބި ކަމަށެވެ. އެ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ނުލިބިއްޖެ ނަމަ ކައުންސިލް އިންތިހާބު ސައްހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ އެ ހައްގު ޒުވާނުންނަށް ލިބޭނެ ގޮތް ގާނޫނުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
https://twitter.com/Adamshareefz/status/1350704074266562560
އިންތިހާބު އަވަސް ކުރުމަށް ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކުގެ ބަހުސް މަރުހަލާ މިއަދު ވަނީ ފަށާފައި އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރިލް ތިން ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް