ސިވިލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު އައްޔަން ކުރައްވައިފިއެވެ.
ޝަހުނީޒާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ސީއެސްސީގައި ހުންނެވީ އެކްޓިން ސެކްރެޓަރީ ޖެނެރަލް އެކެވެ. އެމަގާމުގައި ހުންނެވީ އަބްދުﷲ ސައީދެވެ.
ޝަހުނީޒާ ވަނީ މީގެ ކުރީގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންމެ އިނޮވޭޝަން) ގެ މަގާމުވެސް އަދާކުރައްވާފައެވެ.
ޑަބްލިޔުއޯބީ އެނުއަލް އެވަރޑިންގް ސަރމަނީގައި އެކަމަނާއަށް ވަނީ، 'ޑަބްލިޔުއޯބީ ޑިސްޓިންކްޓް އެންޑް އެވަރޑް ފޮރ ދި ބެސްޓް ޔަންގް ވުމެން ޕްރޮފެޝަނަލް' 2016 ހާސިލުކޮށްފައެވެ.
މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އެވަޑެއްވެސް އެކަމަނާ ވަނީ ހާސިލުކުރައްވާފައެވެ. އެއީ 'Exceptional Academic Achievement in attaining the Highest Academic Qualification in the Qualification Framework ' އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް