ފުލަމްގެ މައްޗަށް ޗެލްސީއިން ހަނި މޮޅެއް ހޯދާ، ލީގުގެ 7 ވަނައަށް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފުލަމްގެ މައްޗަށް ޗެލްސީއިން ހަނި މޮޅެއް ހޯދާ، ލީގުގެ 7 ވަނައަށް ޖެހިލައިފި އެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޗެލްސީ އިން ކާމިޔާބުކުރީ 0-1 ލަނޑުން ނެވެ....

17 Jan 2021 | 10:09

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފުލަމްގެ މައްޗަށް ޗެލްސީއިން ހަނި މޮޅެއް ހޯދާ، ލީގުގެ 7 ވަނައަށް ޖެހިލައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ޗެލްސީ އިން ކާމިޔާބުކުރީ 0-1 ލަނޑުން ނެވެ.

މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗު ނިމެން 12 މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ މޭސަން މައުންޓް އެވެ.

މި މެޗުގެ ފަހު ހާފުގެ ކުރީކޮޅު ފުލަމްގެ އެންޓޯނީ ރޮބިންސަންވަނީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ރޭގެ ނަތީޖާއާ އެކު ޗެލްސީ ލީގުގެ ހަތް ވަނައިގައި އޮތީ 18 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް