މީރާ ހުޅުމާލެ އޮފީސް ފަޅާލައި، 37 ހާސް ރުފިޔާ ވަގަށް ނަގައިފި

މީރާގެ އޮފީހެއް ފަޅާލައި 37,000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފިއެވެ. މިއީ މީރާގެ ހުޅުމާލޭ އޮފީހެވެ. މި ހާދިސާ ހިނގައިގެން އުޅޭކަން މިއަދު 8:00 ހާއިރު ޕޮލިހަށް ހުށަހަޅާފައި ވާކަމަށް ޕޮލިހުން ހާމ...

17 Jan 2021 | 09:57

މީރާގެ އޮފީހެއް ފަޅާލައި 37,000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފިއެވެ. މިއީ މީރާގެ ހުޅުމާލޭ އޮފީހެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަން މިއަދު 8:00 ހާއިރު ޕޮލިހަށް ހުށަހަޅާފައި ވާކަމަށް ޕޮލިހުން ހާމަކުރެއެވެ.

މީރާ އޮފީހުން ވަގަން ގެންގޮސްފައި ވަނީ 37,000 ރުފިޔާ އާއި ރެވެނިއު ސްޓޭންޕްތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް