އިންޑިއާގައި ވެކްސިން ޕްރޮގްރާމް ފެށުމުން ރައީސް ސާލިހުގެ ތަޢުރީފް އިންޑިއާގެ ބޮޑުވަޒީރަށް

ދުނިޔޭގައި ހިންގާ ވެކްސިނޭޝަންގެ އެންމެބޮޑު ޕްރޮގްރާމް އިންޑިއާގައި ފެށުމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު،  އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަޢުރީފް ކުރައްވައި...

17 Jan 2021 | 09:49

ދުނިޔޭގައި ހިންގާ ވެކްސިނޭޝަންގެ އެންމެބޮޑު ޕްރޮގްރާމް އިންޑިއާގައި ފެށުމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު،  އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަޢުރީފް ކުރައްވައިފި އެވެ.

ރައީސް ސާލިޙް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއިން ފެށި ވެކްސިން ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވެކްސިނާއެކު ކޯވިޑްގެ ޙާލަތު ރަނގަޅުވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

https://twitter.com/ibusolih/status/1350729427500429313

އިންޑިއާގެ ރައްޔިތުންނަށް ދެމުންދަނީ އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނެވެ.

އެސްޓްރާޒެނެކާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިވެކްސިން އިންޑިއާގެ އަމިއްލަ ވެކްސިން ކުންފުންޏަކުން އެގައުމުގައި އުފައްދަމުން އަންނަ އިރު، ދެވަނަ ވެކްސިނަކީ އިންޑިއާގެ ބާރަތު ބައޯޓެކްގެ ކޯވެކްސިނެވެ.

އެވެކްސިން މީހުންނަށް ދިނުމަށް އިންޑިއާގެ ކަމާއިބެހޭ އިދާރާއިން މިހާރުވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް ވެކްސިންގެ ތިންވަނަ މަރްހަލާގެ އަޖުމަބެލުންތައް އަދިވެސް ދަނީ ކުރިއަށެވެ.

1.3 ބިލިއަން މީހުންގެ އާބާދީއަކާއެކު ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށާފައިވަނީ އިއްޔެއެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ވެކްސިން ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ކުރިޔަށް އޮތް ހަމަހާއި އަށްމަހުގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު ބޮޑު 300 މިލިއަން މީހުން ހިމެނެއެވެ.

ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ފޯރުކޮށްދޭނެކަމަށް ވެސް އިންޑިއާ އިން ވަނީ ބުނެފައެވެ.

އިންޑިއާ އިން މިހެން ބުނެފައިވާ އިރު، ރާއްޖެއަށް ކޯވިޑް ވެކްސިން ގެނައުމަށް، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް