އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ޢަަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު 2021 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައި ވާކަމަށް އެ ޕާޓީގެ ފަރާތުން ނެރުނު އިއުލާނެއްގައި ވެއެވެ. ޢަދާލަތު ޕާޓީގެ އ...

17 Jan 2021 | 09:30

ޢަަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު 2021 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައި ވާކަމަށް އެ ޕާޓީގެ ފަރާތުން ނެރުނު އިއުލާނެއްގައި ވެއެވެ.

ޢަދާލަތު ޕާޓީގެ އިންތިޚާބަށް ކުރިމަތިލުމަށް 2021 ޖަނަވަރ ީ9 ވީ ހޮނިހިރު ދުވަހު އިއުލާނު ކޮށްފައިވެއެވެ.

މިއީ މި ޕާޓީގެ ތިންވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބޭއްވޭ އިންތިޚާބެކެވެ. މި އިންތިޚާބު އޮންނާނީ2021 ޖަނަވަރީ30 ވާ ހޮނިހިރު ދުވަހުއެވެ.

އަދާލަލު ޕާޓީ (އޭޕީ) އިން ވަނީ އެ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަދަލު ގެނެސްފައެވެ. އެ ބަދަލު ގެނެސްފައި ވަނީ 08 ޖެނުއަރީ 2021 ވަނަ ދުވަހު ބޭއްވުނު މަޝްވަރާ މަޖިލީހުން ކަމަށެވެ.

އަދާލަތު ޕާޓީ ގެ ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު އިސްލާޙްކޮށް، ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް