މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރި ވަމުން އެބަ ދެއެވެ. އެމްއެންޑީއެފް ފަރަޔ ލޯންޗް މިހާރު ދަނީ މާފުއްޓަށް ދަތުރު ކުރަމުންނެވެ.
އެހެން ލޯންޗެއްގައި ތިބި މީހުން ވަނީ ސަފާރީގައި ތިބި މީހުން ނަގާފައެވެ. އަދި މިހާރު ސަފާރިއިން ދުން ނާރާކަމަށް އާއްމު ފަރާތަކުން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި، އަލިފާން ރޯވީ ސަފާރީގެ އިންޖީން ރޫމްގައެވެ. ސަފާރީގައި ތިބީ13 ފަތުރުވެރިންނާއި 5 ފަޅުވެރިންނެވެ.
"އޯޝަން ޑިވައިން މޯލްޑިވްސް" ނަމަކަށް ކިޔާ މި ސަފާރީގައި ތިބި މީހުންގެ ތެރެއިން ގެއްލުންވެފައި ވަނީ ސަފާރީގެ އޯނަރަށެވެ. މި ބިދޭސީ ފިރިހެން މީހާ ވަނީ މިހާރު މާފުއްޓަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް