"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކޮށްފި

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކ...

17 Jan 2021 | 08:40

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި މިއަދު ހަވާލުކޮށްފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ ފަރާތުން  ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމް މި އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

50-40 ދެމެދުގެ ފަސިންޖަރުން އުފުލޭ ހައި ސްޕީޑް 17 ލޯންޗް، ޒޯން 1 ގެ ހައި ސްޕީޑް ފެރީ ވިއުގައިގައި ބޭނުންކުރެވޭނެއެވެ.  މިއީ ބަލިމީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އެހެން ފަރާތްތަކަށް ވެސް އަރާފޭބުމަށް ފަސޭހަވާނެހެން ފަރުމާ ކުރެވިފައި ލޯންޒުތަކެއްކަން އެ ކުންފުނިން ބަޔާންކުރެއެވެ.

މިއީ އެއާކޯން ކުރެވިފައިވާ، ގަޑިއަކު 30 ނޯޓިކަލް މޭލަށް ދުވާ ލޯންޗްތަކެކެވެ. ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ވެސް ހުންނަ މި ލޯންޗް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށްދޭނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ވިޔަވައްސަށް ޖުމުލަ 157 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް