ކޯވިޑް-19 އަށް ޓީޗަރުންތަކެއް ޕޮސިޓިވް ވިޔަސް ސްކޫލްތަކުގެ ކިޔަވައި ދިނުމަށް ބުރޫ ނާރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މާލޭގެ ދެ ސްކޫލެއްގެ ޓީޗަރުންނާއި އަތޮޅުތެރޭގައި ހޯމް ކަރަންޓީންގައި ތިބި ބައެއް ޓީޗަރުން ދަނީ ކޯވިޑް-19 އަށް ޕޮސިޓިވްވަމުންނެވެ. އެގޮތުން އިއްޔެ އެންމެ ފާހަގަ ކުރެވުނީ ގާޒީ ސްކޫލްގެ ޓީޗަރަކު ޕޮސިޓިވްވެ އެ ޓީޗަރާއި ގުޅުން ހުރި އެ ސްކޫލްގެ 12 ޓީޗަރަކު ކަރަންޓީން ކުރުމެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޒްދާ މުހައްމަދު ވިދާޅުވީ ޓިޗަރުން ކަރަންޓިން ކުރިޔަސް ކިޔަވައިދިނުން މެނޭޖް ކުރެވޭނެ ކަމަށެވެ. އަޒްދާ ވިދާޅުވީ ކޯވިޑް-19ގެ ހާލަތުގައި ކިޔަވައިދިނުން ކުރިޔަށްދަނީ ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާންނަ ގޮތަށް ކަންކަން ރޭވިގެން ކަމަށެވެ.
މާލޭގައި ގާޒީ ސްކޫލްގެ އިތުރުން އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ކޯވިޑަށް ޕޮސިޓިވްވެ އިތުރު ޓީޗަރުންތަކެއް ވަނީ ކަރަންޓީން ކޮށްފައި އެވެ. އެޗްއީއޯސީން ބުނީ އެ ކޭސްތަކާއި ގުޅުން ހުރި އިތުރު މީހުން ދެނެގަންނަމުންދާ ކަމަށެވެ.
މީގެ އިތުރުން ގއ. ވިލިނގިލީ ސްކޫލް ދެ ދަރިވަރުންނާއި، ޖަމާލުއްދީން ސްކޫލްގެ ދަރިވަރަކާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. މީގެ ތެރެއިން ސްކޫލުން ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވަނީ ޖަމާލުއްދީން ސްކޫލް ދަރިވަރާއި ގުޅުން ހުރި ދަރިވަރުންތެކެވެ.
އެކަމަކު ސްކޫލް މާހައުލަކީ ކޯވިޑުގެ ނުރައްކާ އޮތްތަކެއް ނޫންކަމުގެ ޔަގީން ކަން އަރުވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް