ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަންޖެހޭ އަދަދަށް ބަދަލު ގެނެސްފި

ރާއްޖެއަށް އެތެރެކޮށް ބޭރު ކުރާއިރު ކަސްޓަމްސްއަށް ރިޕޯޓު ކުރަންޖެހޭ ފައިސާގެ އަދަދަށް ގެނައި ބަދަލަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ. ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕ...

17 Jan 2021 | 06:52

ރާއްޖެއަށް އެތެރެކޮށް ބޭރު ކުރާއިރު ކަސްޓަމްސްއަށް ރިޕޯޓު ކުރަންޖެހޭ ފައިސާގެ އަދަދަށް ގެނައި ބަދަލަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓު ކުރަންޖެހޭ އަދަދު ކަނޑައެޅުމުގެ ގަވައިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބަދަލު ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އެގަވައިދުގައި ބުނެފައިވާ ގޮތުން ގަވައިދަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށެވެ.

އެ ގަވަދަށް ގެނައި ބަދަލާއި އެކު މިއަދުން ފެށިގެން ކަސްޓަމްސް އަށް ރިޕޯޓު ކުރަން ޖެހޭނީ ރާއްޖެއަށް އެތެރެ ކުރާ ނުވަތަ ބޭރުކުރާ ނަގުތު ފައިސާގެ އަދަދު 10،000 ޑޮލަރަށްވުރެ އިތުރުވާނަމަ އެވެ. އަދި އެ އަދަދަށްވާ ދިވެހި ރުފިޔާ އާއި ބޭރު ފައިސާ ރާއްޖެއަށް އެތެރެކޮށް ނުވަތަ ބޭރު ކުރާ ނަމަވެސް ކަސްޓަމްސްއަށް ރިޕޯޓު ކުރަން ޖެހޭނެ އެވެ.

ކަސްޓަމްސްއިން ބުނީ އެ އަދަދަށްވުރެ މަތިން ފައިސާ ބޭރުކޮށް އެތެރެ ކުރަން ބޭނުންވާ ފަރާތްތަކުން ކޭޝް ޑިކްލެރޭޝަން ފޯމް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެ ފޯމް އޮންލައިންކޮށް ފުރިހަމަ ކުރެވޭނެ ކަމަށް ބުނެ އެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ކުރިން ބުނެފައި ވަނީ، ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަކީ 30،000 ޑޮލަރަށް ވުރެ އިތުރުވާނަމަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް