ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން އިސްލާހު ގެނެސްފިއެވެ. މިގޮތުން، ސިޔާސީ ޕާޓީގެ ގަވާއިދުގެ ޖަދުވަލު 7 ގެ ފަހަތަށް ޖަދުވަލު 8 އިތުރުކޮށްފައި ވެއެވެ.
މިއީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެވެ.
މިގޮތުން އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރުތަކުގެ ދަށުން އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައި ވެއެވެ. އޭގެތެރޭގައި ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރުމާއި، ޤާނޫނާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުން ހިމެނެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތައް އުވާލުމުގެ ބާރުވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް މި އުސޫލުގައި ވެއެވެ.
ސިޔާސީ ޕާޓީތައް ނުވަތަ އެނޫންވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން، އެ މައްސަލައެއްގައި ކަންހިނގާދިޔަ ގޮތް ކަށަވަރުކޮށް، އެފަރާތްތަކުން ލިޔުމުންް ޖަވާބުދާރީ ވުމަށް 7 ދުވަހުގެ ފުރުސަތެއް ލިބޭނެއެވެ. އަދި މި މުއްދަތު ހަމަވާއިރު އެފަރާތްތަކުން ޖަވާބުދާރީ ވެފައި ނުވާނަމަ، އެ ފުރުޞަތު ދޫކޮށްލީކަމަށް ބަލައި، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ޤަވާއިދުގައި ވެއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ގަވާއިދު ޝާޢިރުކުރރާ ތާރީޚުން ފެށިގެން، މި ގަވާއިދަށް ޢާމަލުކުރަން ފަށާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް