އާ ވޭރިއެންޓާއި ހެދި އިނގިރޭސިވިލާތަށްދާ އެންމެން އަލުން ކަރަންޓީން ކުރަން ފަށަނީ

ކޯވިޑް-19ގެ އާ ވޭރިއެންޓު ފުރަތަމަ ފެނުނު އިނގިރޭސިވިލާތަށް ދާ ހުރިހާ ގައުމެއްގެ މީހުން އަލުން ކަރަންޓީން ކުރަން ނިންމައިފި އެވެ. ކޯވިޑް-19 އާިއ ގުޅިގެން އެ ގައުމު ލޮކްޑައުން ކުރުމަށް ފަހު އަލުން ހުޅު...

17 Jan 2021 | 06:18

ކޯވިޑް-19ގެ އާ ވޭރިއެންޓު ފުރަތަމަ ފެނުނު އިނގިރޭސިވިލާތަށް ދާ ހުރިހާ ގައުމެއްގެ މީހުން އަލުން ކަރަންޓީން ކުރަން ނިންމައިފި އެވެ.

ކޯވިޑް-19 އާިއ ގުޅިގެން އެ ގައުމު ލޮކްޑައުން ކުރުމަށް ފަހު އަލުން ހުޅުވާލުމަށް ފަހު އެ ގައުމަށް އެތެރެވޭ މީހުންގެ ތެރެއިން ރައްކާތެރިކަމަށް ކަނޑައަޅާ ގައުމުތަކުން ދާ މީހުން ކަރަންޓީވާކަށް ނުޖެހެ އެވެ. ޓްރެވަލް ކޮރިޑޯގެ ނަމުގައި އެކުލަވާލާފައިވާ އެ އުސޫލުގެ ދަށުން އެކުލަވާލާފައިވާ އެ ލިސްޓުގައި ރާއްޖެވެސް ހިމެނެ އެވެ.

އިނގިރޭސިވިލާތަށް ދާ ހުރިހާ އެންމެން އަލުން ކަރަންޓީން ކުރަން ފަށަން ނިންމީ އާ ވޭރިއެންޓް ފެތުރި ހާލަތު ގޯސްވާން ފެށުމާއި ގުޅިގެންނެވެ. އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން ބުނީ އެ ނިންމުމަކީ ވަގުތީގޮތުން ނިންމާ ނިންމުމެއް ކަމަށާއި އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބެލުމަށް ފަހު ކޯވިޑްގެ ހާލަތަށް ބަދަލެއް އައިސްފި ނަމަ ޓްރެވަލް ކޮރިޑޯ ހުޅުވާލާނެ ކަމަށެވެ.

އެ ގައުމަށް ދަތުރުކުރާ އެންމެން ކަރަންޓީން ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

އާ ވޭރިއެންޓާއި ގުޅިގެން އެ ގައުމު އަނެއްކާވެސް ލޮކްޑައުނަށް ގޮސްފައިވާއިރު ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފައި އެވެ. އަދި ސްކޫލްތައް ބަންދުކޮށް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް ވަނީ އަޅާފައި އެވެ.

އާ ވޭރިއެންޓާއި ގުޅިގެން އެ ގައުމަށް ދަތުރު ކުރުންވެސް ގިނަ ގައުމުތަކަކުން ވަނީ ހުއްޓާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް