ފ. ދަރަނބޫދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ސައިޓަށް ގެނެސްފި

ފ. ދަރަނބޫދޫ  އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް 16 ޖެނުއަރީ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައި ވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. ދަރަނބޫދޫ ބަނ...

17 Jan 2021 | 05:38

ފ. ދަރަނބޫދޫ  އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް 16 ޖެނުއަރީ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައި ވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ %38 ނިމިފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން، 38،600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253  މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 2500 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފ.ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ފައްޓަވައި ދެއްވައިފި. މިއީ 38.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 397 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް