އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ 20 ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިގޮތުން މި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ ފަސްވަނަ އިންޓޭކްގައި ...

17 Jan 2021 | 04:08

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ 20 ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިގޮތުން މި މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ ފަސްވަނަ އިންޓޭކްގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 28 ފެބްރުއަރީ 2021ވަނަ ދުވަހުގެ 23:59 ނިޔަލަށެވެ.

އައި.ޖީ.އެމް.އެޗްގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ފަރާތްތަކަކީ މެޑިކަލް ކޮލެޖް/ޔުނިވާރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތް ފަރާތެއް ކަމުގައި ވާން ޖެހޭނެއެވެ. އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތަކަށް ވެސް ވާންޖެހެއެވެ.

މެޑިކަލް އިންޓަރންޝިޕަށް އެދި ހުށަހަޅާ ފޯމް ޑައުންލޯޑް ކުރުމުން ނުވަތަ [email protected] އަށް އެކަމަށް އެދި މެއިލް ކުރެއްވުމުން އެ ފޯމް ލިބިގެންދާނެއެވެ. މެޑިކަލް އިންޓަރންޝިޕް އޮފީހުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށް ފޯމް ލިބެން ހުންނާނެ ކަމަށް އައި.ޖީ.އެމް.އެޗްއިން ހާމަކުރެއެވެ.

މިކަމަށް އެދި ފޯމު ހުށަހަޅާނީވެސް އައި ޖީ އެމް އެޗް  މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް [email protected] އަށެވެ. އިންޓާންޝިޕްއަށް ކުދިން ހޮވުމުގައި އިސްކަން ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުން ކަމުގައި އެ ހޮސްޕިޓަލުުގެ އިއުލާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް