އެމްޕީއެލްގެ ޕީޓީސީގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ ޕޯޓް ޓްރެއިނިންގ ސެންޓަރ (ޕީ.ޓީ.ސީ)ގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތު ޝ...

16 Dec 2025 | 03:48
N/A

N/A

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ ޕޯޓް ޓްރެއިނިންގ

ސެންޓަރ (ޕީ.ޓީ.ސީ)ގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް

ބާއްވައިފިއެވެ.

މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދެވެ.

އެ ރަސްމިއްޔާތުގައި ޔޫ.އެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް

(އަންކްޓަޑް) އާއި އެމް.ޕީ.އެލް ގުޅިގެން ހިންގި އަންކްޓަޑް މޮޑާން ޕޯޓް މެނޭޖްމަންޓް

ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނާއި، ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި

ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރިއެވެ. އަދި މީގެ އިތުރުން 2025 ވަނަ އަހަރު އެމް.ޕީ.އެލްއިން

ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށްވެސް ވަނީ ސެޓްފިކެޓް

ދީފައެވެ.

ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު އަންކްޓަޑްގެ މޮޑާން

ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ރާއްޖޭގައި އަލުން ފެށީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ޖުމްލަ 18 މަސް ދުވަހުގެ ޕްރޮގްރާމް ނިންމައި، މިރޭގެ ރަސްމިއްޔާތުގައި 18 ފަރާތަކުން

ސެޓްފިކެޓް ހޯދިއެވެ. މީގެ ތެރެއިން 17 ފަރާތަކީ އެމް.ޕީ.އެލްގެ އެކި ދާއިރާތަކުގައި

މަސައްކަތްކުރަމުންދާ މުވައްޒަފުންނެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)ގެ

މުވައްޒަފެއްވެސް މި ޕްރޮގްރާމް ފުރިހަމަކުރިއެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް

ސެޓްފިކެޓް ހަވާލުކޮށްދެއްވީ އަންކްޓަޑްގެ ޗީފް އޮފް ދަ ހިއުމަން ރިސޯސް، މާކް އަސަފެވެ.

ޕްރޮގްރާމްގެ ބެސްޓް ޑެސަޓޭޝަން އެވޯޑް ލިބުނީ އެމް.ޕީ.އެލްގެ

އެސިސްޓަންޓް ޕްލޭނަރ، ހުސެއިން ޖައުފަރަށެވެ. އަދި ބެސްޓް އޯލް ރައުންޑްގެ އެވޯޑް

ލިބުނީ އެމް.ޕީ.އެލްގެ އެސިސްޓަންޓް މެނޭޖަރ، ހައިސަމް ސައީދަށެވެ. ބެސްޓް އޯލް ރައުންޑްގެ

އެވޯޑާއެކު ހައިސަމްއަށް ވަނީ ސްވިޑަންގެ ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ އިން މާސްޓާސް

ޑިގްރީ ސްކޮލަރޝިޕެއް ލިބިފައެވެ. މި ދެ އެވޯޑާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ

ޝަރަފުވެރި މެހެމާން މިނިސްޓަރ ސަޢީދެވެ.

އެމް.ޕީ.އެލްއިން 2025 ވަނަ އަހަރު ހިންގި އިންޓާރންޝިޕް

ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މިރޭގެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޢަބްދުލްރަޙްމާން މުބާރިކެވެ.

މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި 8 ފަރާތެއް ބައިވެރިވިއެވެ.

ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި

ބައިވެރިންނަށްވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި

ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސްގެ ޑީން،

ކެޕްޓަން މުޙައްމަދު ޒައިދެވެ.

އެމް.ޕީ.އެލް އިން ހިންގާ އެޕްރެންޓިސް އަދި އިންޓާރންޝިޕް

ޕްރޮގްރާމްތަކުގެ އިންސްޓްރަކްޓަރުންނާއި އެކި ޕްރޮގްރާމްތަކުގެ ލެކްޗަރާރއިންގެ ގޮތުގައި

މަސައްކަތްކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ފަރާތްތަކަށް މިރޭ

ވަނީ ޚާއްސަ ބެޖެއް ދީފައެވެ. މި ބެޖްތައް ހަވާލުކޮށްދެއްވީ އެމް.ޕީ.އެލްގެ ސީ.އީ.އޯ

ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެެވެ.

މީގެ އިތުރުން، އެމް.ޕީ.އެލް އާއި އެމް.އެން.ޑީ.އެފް

ކޯސްޓް ގާޑް ގުޅިގެން ހިންގި ސެޓްފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ކޯހުން އެއްވަނަ ހޯދި

އެމް.ޕީ.އެލްގެ ސެކިއުރިޓީގެ މުވައްޒަފެއް ކަމަށްވާ މުޙައްމަދު ޔައީޝް ޢަލީ އަށް ވަނީ

ރެކޮގްނިޝަން އެވޯޑް ދީފައެވެ. މި އެވޯޑް ހަވާލުކޮށްދެއްވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ

(އެމް.އެސް.އެސް)ގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރެވެ.

އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ އަކީ އެމް.ޕީ.އެލްގެ

މުވައްޒަފުންގެ ތަޢުލީމާއި ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްކުރާ ސެންޓަރެކެވެ.

އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ އިން ކޮންމެ އަހަރަކުވެސް، އެމް.ޕީ.އެލްގެ

މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނުގެ ގިން ޕްރޮގްރާމްތަކެއް ހިންގައެވެ. އަދި ޕޯޓްގެ

ދާއިރާއިން މީހުން ބިނާކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް