މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މާފަންނު ފިޔާތޮށި ގޯޅީގައި އެވެ. ފުލުހުން ބުނީ މި ހަމަލާގެ ރިޕޯޓު ފުލުހުންނަށް ކުރީ މިރޭ 10:05 ހާއިރު ކަމަށެވެ.
އެމީހާއަށް މިހާރު އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އެކަމަކު ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
އަދި މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާއަށް ހަމަލާ ދިނީ އެހެން ބިދޭސީ އެކެވެ. ހަމަލާ ދިނުމަށް ފަހު އެމީހާ ވަނީ ފިލާފައި އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް