މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 10 މީހުން

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 10 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މީގެ ތެރެއިން ހަތް މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓަ...

16 Dec 2020 | 17:36

މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 10 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މީގެ ތެރެއިން ހަތް މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓަކުން ދެ މީހަކާއި މީހުން ދިރިއުޅޭ ރަށަކުން އެކަކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 2،297 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 561 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 54 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 12،786 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާތަނަށް ބަލީގައި މަރުވެފައި ވަނީ48 މީހުންނެވެ.

ކޯވިޑަށް މިހާތަނަށް ރާއްޖެއިން13،402 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް