އޯސީއޭ ގެ މެރިޓް އެވޯޑް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގަށް ލިބިއްޖެ

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އަށް ލިބިވަޑައިގެންފިއެވެ. އޭޝިއާގެ ކުޅިވަރަށް ފާހަގަކުރެވޭ ފަދަ...

16 Dec 2020 | 17:35

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) އަށް ލިބިވަޑައިގެންފިއެވެ.

އޭޝިއާގެ ކުޅިވަރަށް ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކުރާ މީހުންނަށް އޭޝިއާގެ އޮލިމްޕިކުގެ އެންމެ މަތީ ޖަމިއްޔާ އިން ދޭ މި އެވޯޑާ އޭނާ ހަވާލުވެފައިވަނީ އޮމާނުގައި މިހާރު ކުރިއަށްދާ އޯސީއޭގެ އަހަރީ އާއްމު ޖަލްސާގައެވެ.

އެވޯޑަށްފަހު މަރޭ ވިދާޅުވީ " މެރިޓް އެވޯޑު ލިބުމަކީ ޝަރަފެއް" ކަމަށާއި "އެކަމަށްޓަކައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރާއްޖޭގެ ކުޅިވަރު އާއިލާއަށް" ކަމަށެވެ.

މަރޭގެ އެވޯޑަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަނީ މަރުހަބާ ދަންނަވައިފައެވެ. މަހްލޫފް ވިދާޅުވީ މަރޭގެ އެވޯޑަކީ ރާއްޖެއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް