ދާންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ތިން އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ

ގއ. ދާންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ތިން އަހަރުގެ އަންހެން ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ. އެރަށު ކައުންސިލުން ބުނީ މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 6:00 ހާއިރު ކަމަށެވެ. އަދި އ...

16 Dec 2020 | 17:10

ގއ. ދާންދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ތިން އަހަރުގެ އަންހެން ކުއްޖެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.

އެރަށު ކައުންސިލުން ބުނީ މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 6:00 ހާއިރު ކަމަށެވެ. އަދި އަނިޔާވި 3 އަހަރުގެ އަންހެން ކުއްޖާގެ ނިތްކުރި ފަޅައިގެން ގޮސް، ފަޔަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

"އެކްސިޑެންޓް ހިންގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން އެ ކުއްޖާގެ ގައިގައި ޖެހިގެން. އެކްސިޑެންޓުގައި އަނިޔާވީ ތިން އަހަރުގެ އަންހެން ކުއްޖަކަށް. އެކުއްޖާގެ ނިތްކުރި ފަޅައިގެން ގޮސް ފަޔަށްވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ." ދާންދޫ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ އަނިޔާ ލިބުނު ކުއްޖާއަށް ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އެކުއްޖާއަށް ފަރުވާ ދެމުން އަންނަކަމަށެވެ. ނަމަވެސް އެކުއްޖާގެ ހާލާ ބެހޭ ގޮތުން އެ ކައުންސިލުން ވަކި އެއްޗެއް ނުބުނެއެވެ.

އެކުއްޖާގެ ޢާއިލާ އާ ޙަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ހާލު ސީރިއަސް ކަމަށެވެ. އަދި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓު ވި އިރު، ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ ޒުވާނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް