ބިޓްކޮއިންގެ އަގު ރެކޯރޑް އަދަދަކަށް މައްޗަށް އަރައިފި

ދުނިޔޭގެ އެންމެ މަޤުބޫލު ޑިޖިޓަލް ކަރަންސީ ބިޓްކޮއިންގެ އަގު ދުވަހަކުވެސް މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފިއެވެ. މިއަދުގެ ވަގުތެއްގައި ބިޓް ކޮއިންގެ އަގު ވަނީ 20,627 ޑޮލަރަށް މައްޗަށް އަރާފައެވެ. ހ...

16 Dec 2020 | 16:12

ދުނިޔޭގެ އެންމެ މަޤުބޫލު ޑިޖިޓަލް ކަރަންސީ ބިޓްކޮއިންގެ އަގު ދުވަހަކުވެސް މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފިއެވެ. މިއަދުގެ ވަގުތެއްގައި ބިޓް ކޮއިންގެ އަގު ވަނީ 20,627 ޑޮލަރަށް މައްޗަށް އަރާފައެވެ.

ހަމަ އެކަނި މި އަހަރުގެ ތެރޭގައިވެސް ބިޓްކޮއިންގެ އަގު ވަނީ 180 ޕަސެންޓަށް މައްޗަށް ގޮސްފައެވެ.  މި ފަހަކަށް އައިސް ގިނަ އަދަދެއްގެ ދިވެހިންވެސް ދަނީ ބިޓްކޮއިން ބޭނުންކޮށްގެން ޓްރޭޑްކޮށް އޭގެން ބޮޑު މަންފާއެއް ނެރެމުންނެވެ.

ބިޓްކޮއިން މީހުންގެ ތެރޭގައި މަޤުބޫލުވެފައިވަނީ އަވަހަށް ބޮޑު ފައިދާއެއް ނެރެވޭ ވިޔަފާރިއެއްގެ ގޮތުގައެވެ. މިއާއެކު މިހާރު

ދުނިޔޭގެ ތަފާތު ކަންކޮޅުގައި ބިޓްކޮއިން  ބޭނުންކުރަމުންދާ މީހުން ޤަބޫލުކުރާގޮތުގައި, ޢާންމު ގަނެވިއްކުންތަކުގައި ބޭނުންކުރެވޭ ފައިސާއަކަށް ބިޓްކޮއިން ވާނެ ކަމަށެވެ.

ތަޖުރިބާކާރުން މަޢުލޫމާތުދޭ ގޮތުގައި ބިޓްކޮއިންގެ އަގު މިހާ ހަލުވި މިނުގައި ކުރިއަރައިގެން ދިޔުމަކީ މީހުން ބިޓްކޮއިންއަށް އިތުބާރުކުރާކަމުގެ ހެއްކެކެވެ. އެހެންކަމުން ޢާންމު ވިޔަފާރީގައި ބޭނުންކުރާ ފައިސާއަކީ ބިޓްކޮއިންއަށް ވުން ވަރަށް ގާތް ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް