ގައިޑްލައިނާ ޚިލާފުވި މުވައްޒަފުންނަށް ޓޮމް ކްރޫޒްގެ އިންޒާރެއް!

ކޮވިޑް 19ގެ ގައިޑް ގައިޑްލައިން ބައެއް މީހުން އެއްވެސް ވަރަކަށް ޢަމަލު ނުކުރާއިރު, އަނެއްބައި މީހުން މިކަން ނަގަނި ވަރަށް ސީރިއަސްކޮށެވެ. އެގޮތުން މި ފަހަރު ޓޮމް ކްރޫޒްވެސް މިވަނީ ކޮވިޑް 19 ގެ ގައިޑް ...

16 Dec 2020 | 15:38

ކޮވިޑް 19ގެ ގައިޑް ގައިޑްލައިން ބައެއް މީހުން އެއްވެސް ވަރަކަށް ޢަމަލު ނުކުރާއިރު, އަނެއްބައި މީހުން މިކަން ނަގަނި ވަރަށް ސީރިއަސްކޮށެވެ. އެގޮތުން މި ފަހަރު ޓޮމް ކްރޫޒްވެސް މިވަނީ ކޮވިޑް 19 ގެ ގައިޑް ލައިނާ ޚިލާފުވި އޭނާގެ 2 މުވައްޒަފަކަށް ވަރުގަދަ އިންޒާރެއްދީފައެވެ.

މިކަން ހިނގާފައިވަނީ މި ޕެންޑެމިކްގައި މިހާރު ކުރިއަށްދާ މިޝަން އިމްޕޮސިބްލްގެ ޝޫޓިންގްގެ ތެރެއިންނެވެ. "ދެން ތިގޮތަށް ކަންތައް ކުރަނިކޮށް ފެނިއްޖެއްޔާ ފޮނުވާލާނަން. އަދި މި ކްރޫގެ އެކަކުވެސް މިގޮތަށް ކަންތައް ކޮށްފިއްޔާ އޭނާވެސް އަދި އެންމެންވެސް ފޮނުވާލާނަން." ޓޮމް ކްރޫޒް ބުނެފައިވެއެވެ.

އޭނާ މިހެން ބުނެފައިވަނީ ޝޫޓިންގް ތެރެއިން ކޮވިޑް 19 އަށް ޚާއްޞަ ގައިޑް ލައިންތަކެއް ހުރުމާއެކުވެސް އެ ގައިޑްލައިންތަކާ ޚިލާފުވެ އޭނާގެ 2 މުވައްޒަފަކު 2 މީޓަރަށްވުރެން އެކަކު އަނެކަކު ކައިރީގައި ތިބުމުންނެވެ.

މިޝަން އިމްޕޮސިބަލް 7 ގެ ޝޫޓިންގް ކުރޫގައި 50 މުވައްޒަފަކު ހިމެނޭއިރު ޓޮމް ކުރޫޒް މި ދެއްކި މިސާލަށް ޢާންމުންގެ ތަޢުރީފު ދަނީ އޭނާއަށް އޮހެމުންނެވެ. ބައެއް މީހުން ޓޮމް ކަންތައް އެ ކުރީ އެންމެ ރަނގަޅަށް ކަމަށް ބުނާއިރު އަނެއް ބައެއްގެ ފާޑުކިޔުންތައްވެސް ވަނީ އޭނާއަށް އަމާޒުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް