ނެގެޓިވް ނަތީޖާ އަކާއި އެކު ދިވެހިންނާއި ވޯކް ވިސާ ބިދޭސީންނަށް ރިސޯޓުތަކަށް ދެވޭ ގޮތްހަދައިފި

ނެގެޓިވް ކޯވިޑް ޕީސީއާރު ޓެސްޓުގެ ނަތީޖާ އަކާއި އެކު ދިވެހިންނާއި ރާއްޖޭގައި ސައްހަ ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް ރިސޯޓު ތަކަށް ދެވޭގޮތަށް އެޗްޕީއޭއިން ގައިޑަށްލައިނަށް ބަދަލު ގެނެސްފި އެވެ. ކ...

16 Dec 2020 | 11:41

ނެގެޓިވް ކޯވިޑް ޕީސީއާރު ޓެސްޓުގެ ނަތީޖާ އަކާއި އެކު ދިވެހިންނާއި ރާއްޖޭގައި ސައްހަ ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް ރިސޯޓު ތަކަށް ދެވޭގޮތަށް އެޗްޕީއޭއިން ގައިޑަށްލައިނަށް ބަދަލު ގެނެސްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ޗުއްޓީ ހޭދަ ކުރުމަށް ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރިސޯޓުތަކާއި ޓޫރިސްޓު ގެސްޓު ހައުސްތަކަށް ދިއުން އޮތީ މަނާކޮށްފައި އެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އުސޫލަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ދިވެހިންނާއި ސައްހަ ވިސާގައި މަސައްކަތް ކުރާ ބިދޭސީންނަށް ކުރު މުއްދަތަކަށް ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ އަކާއި އެކު ރިސޯޓުތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.

މިގޮތަށް ރިސޯޓުތަކަށް ދާ ފަރާތްތަކުން އެޗްޕީއޭގެ ގަވައިދަށް އަމަލު ކުރަން ޖެހޭނެ ކަމަށް ބުނެ އެވެ. އަދި މިފަދަ ފަރާތްތަކަށް ރިސޯޓުތަކުގައި އިންތިޒާމް ހަމަޖައްސާފައި ހުންނަންވަނީ މުވައްޒަފުންނާއި ވަކިން ކަމަށް ބުނެފައިވެ އެވެ.

ރިސޯޓުތަކަށް ނެގެޓިވް ނަތީޖާ އާއިއެކު ދަތުރު ކުރެވުނަސް އާންމުނ ދިރިއުޅޭ ރަށްރަށަށް ދެވޭނީ 10 ދުވަހު ކަރަންޓީން ވާގޮތަށް ކަމަށް ބުނެފައިވެ އެވެ.

އެޗްޕީއޭއިން ވަނީ ކަރަންޓިން ވުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް މިއަދު ލުއި ދީފައި އެވެ. އެގޮތުން ރާއްޖެއިން ބޭރުން މާލެ ސަރަހައްދަށް އަންނަ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހޭއިރު އަތޮޅު ތެރެއަށް މުހިންމު ކަންކަމު ކުރު މުއްދަތަކަށް ދާ މީހުން ޕީސީއާރު ނެގެޓިވް ޓެސްޓު ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ގައިޑްލައިން ބަދަލު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް