72 ކިލޯގެ ޑްރަގް މައްސަލައިގަ ހައްޔަރު ކުރި ބައެއް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

72 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި10 މީހުންގެ ތެރެއިން ބައެއް މީހުންގެ މުއްދަތު އިތުުކޮށްފި އެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަން އެންފޯސްމެންޓް ޑިޕާޓްމެ...

16 Dec 2020 | 09:06

72 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި10 މީހުންގެ ތެރެއިން ބައެއް މީހުންގެ މުއްދަތު އިތުުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަން އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮަޕަރޭޝަންގައި މިމަހުގެ އަށްވަނަ ދުވަހު އަތުލައިތް މަސްތުވާތަކެތި ހުރީ ދެ ގޯންޏަކާއި ދަބަސްތަކަކަށް އަޅާފައި އެވެ. ފުލުހުން ބުނީ އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ “މަސްޖަރީ” ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ. މި މައްސަލައި ހައްޔަރުކޮށްފައިވާ އަނެއް ހަ މީހުންގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.

ބަންދުގެ މުއްދަތު އިތުރު ކުރި މީހުންގެ ތެރޭގައި މި މަސްތުވާތަކެތިތައް ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރި އެކަކު ކަމަށްވާ ރ. އިނގުރައިދޫ އެލެސްކާ އުމުރުން 28 އަހަރުގެ މުހައްމަދު ވިސާމް ހިމެނެ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު ހަތް ދުވަސް ޖަހައި ދީފައި އެވެ.

ދެން މުއްދަތު އިތުރުކޮށްފައިވާ މީހުންނަކީ މާލެ، ހ. ގާޑަންބިއުޓީ، މުހައްމަދު އަކްރަމާއި ކ. މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދު އަދި ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިޝާމް އެވެ. އެ ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވަނީ 15 ދުވަހެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވާ 10 މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުންދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ މި މަސްތުވާތަކެތި އަތުލައިގަތުމުގެ އެއް ހަފްތާ ކުރިން އޮޕަރޭޝަން ފަށާފައި އެވެ. ފުލުހުން ބުނީ އެ ތަކެތި މާލެއަށް އެތެރެކޮށްފައިވަނީ “މަސްޖަރީ” ދޯނީގައި ގެނެސް ލޯންޗަކަށް އަރުވައިގެން ކަމަށެވެ.

މި މައްސަލައި 10 މީހުން ހައްޔަރު ކުރުމުގެ އިތުރުން ދޯންޏަކާއި ލޯންޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. އަދި މި މައްސަލައާއި ގުޅުންހުރި ބައެއްގެތަށް ބަލައި ފާސްކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް