އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020: ޓީކޭ ސްޕޯޓްސް ކުލަބަށް ރަނގަޅު ފެށުމެއް

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020”ގައި ...

16 Dec 2020 | 07:43

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020”ގައި ކުޅުނު ފުރަތަމަ މެޗު، ފަސޭހަކަމާއެކު ޓީކޭ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 10 ޓީމާއެކު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގެ ޝަރަފްވެރި މެހެމާނަކީ ލ. މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާއެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީކޭ ސްޕޯޓްސް ކުލަބް މި މެޗު ކާމިޔާބުކޮށްފައިވަނީ ފޯކަސް އާއި ވާދަކޮށް 1-4 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ޓީކޭ އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީކޭގެ އަޙުމަދު ޞަބާޙު (ސޮބައްޓޭ) އެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ ގްރޫޕް ބީގައި ހިމެނޭ އެފްސީ ޗެމްޕިއަން އަދި ކާލާ މަންނައެވެ. މި މެޗު ވެސް 1-4 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ކާލާމަންނަ އެވެ. މި މެޗުގެ ޕްލޭޔަރ އޮފްދި މެޗުގެ މަގާމަށް ހޮވިފައިވަނީ ކާލާ މަންނަގެ ތޯއިފް ގާސިމްއެވެ.

ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ އެމްވައި އަދި އަކިރިކޮޅު އެފްސީއެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ. މި މެޗުން 2-5 ގެ ނަތީޖާއިން ކާމިޔާބު ކުރީ އަކިރިކޮޅު އެފްސީއެވެ.

މިރޭވެސް މި މުބާރާތުގެ 3 މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލާމު ބްލޫސް އާއި ގޯޅި ޖޫނިއަރ އެވެ. 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑީޑީއެފް ދި ޖެނެރޭޝަން އަދި ފޯކަސްއެވެ. މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ޑީޑީއެފް ނިއު ޖެނެެރޭޝަން އަދި އެފްސީ ޗެމްޕިއަންސް އެވެ. މި މެޗު ފަށާނީ މިރޭ 22:30 ގައެވެ. މި ހުރިހާ މެޗެއްވެސް އަމިގޯސް ފޭސްބުކް ޕޭޖުން ލައިވްކޮށް ދައްކާނެއެވެ.

މުބާރާތުގެ މިފަހަރުގެ ކޯ ސްޕޮންސަރުން ނަކީ މާވަށް ކައުންސިލް، ރެލެކްސް ޒޯން އަދި ރިލެކްސް މާޓްއެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޓޮޕް ސްޕޮޓް، ވިލަރެސް ގެސްޓުހައުސް، ލެޒިޒް، ނިއު ވޭވް، ކެފޭ ލާމު، ކެފޭ އަޒޫރޯ، ކޭމާޓް ޒޯން، އޯސިސް އަދި ޕިޒްކާއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ދުވަސް އެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް