ރާއްޖެއަށް އިތުރު އެވޯޑެއް، މިފަހަރު އޭޝިއާ ޕެސިފިކް ބެސްޓް އައިލެންޑް ޑެސްޓިނޭޝަން

ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ފާހަގަކޮށްލެވޭ އިތުރު އެވޯދެއް ލިބިއްޖެ އެވެ. މިފަހަރު ލިބިފައިވަނީ އޭޝިއާ ޕެސިފިކް ބެސްޓް އައިލެންޑް ޑެސްޓިނޭޝަން އެވޯދެވެ. މި އެވޯޑު ލިބިފައިވަނީ ޓްރެވަލް ވީކްލީ އޭޝިއ...

16 Dec 2020 | 07:07

ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ފާހަގަކޮށްލެވޭ އިތުރު އެވޯދެއް ލިބިއްޖެ އެވެ.

މިފަހަރު ލިބިފައިވަނީ އޭޝިއާ ޕެސިފިކް ބެސްޓް އައިލެންޑް ޑެސްޓިނޭޝަން އެވޯދެވެ. މި އެވޯޑު ލިބިފައިވަނީ ޓްރެވަލް ވީކްލީ އޭޝިއާ ރީޑާސް ޗޮއިސް އެވޯޑް 2020 އިންނެވެ.

ޓްރެވަލް ވީކްލީ ރީޑާސް ޗޮއިސް އެވޯޑަކީ އޭޝިއާ ޕެސިފިކް ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ އެވޯޑު ހަފްލާ ބާއްވާފައިވަނީ ވާޗުއަލް ކޮށެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމާއެކު މިފަދަ އެވޯޑެއް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި މަގުބޫލުކަމުގެ ހެއްކެއް ކަމަށެވެ.

މިދިޔަ މަހު ރާއްޖެއަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބިފައި އެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި މި އެވޯޑު ރާއްޖެއަށް ލިބުނީ22 ގައުމަކާއި ވާދަ ކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް