ސާޓާ ގެ ލީޑިންގ ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް މޯލްޑިވިއަން އަށް ލިބިއްޖެ

ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް މޯލްޑިވިއަން އަށް ލިބިއްޖެ އެވެ. ގައުމީ އެއަރ ލައިން، މޯލްޑިވިއަން އަށް މިއަހަރުގެ ޖޫން މަހު ވަނީ ކެނެޑާގެ ޑި ...

16 Dec 2020 | 06:06

ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.

ގައުމީ އެއަރ ލައިން، މޯލްޑިވިއަން އަށް މިއަހަރުގެ ޖޫން މަހު ވަނީ ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ވެސް ލިބިފައެވެ.

މޯލްޑިވިއަންއަށް ސާޓާ އެވޯޑް ހަވާލު ކުރުން އޮތީ ވާރޗުއަލްކޮށް އިއްޔެ ބޭއްވި ޙަފްލާއެއްގައެވެ. އެ އެވޯޑާއި އެކުންފުނީގެ ފަރާތުން ހަވާލުވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާއެވެ.

އެވޯޑާ ޙަވާލުވެ، މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު ޖެނިފާ ވަނީ މި އަހަރަކީ މި އިންޑަސްޓްރީއަށް ޗެލެންޖިންގ އަހަރެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި ވައިގެ މަގުން ގުޅުވައި ދިނުމަށް މޯލްޑިވިއަންގެ މުއައްޒަފުން ވަރުބަލި ކަމެއް ނެތި ކުރި މަސައްކަތަށް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެއިތުރުން ޓޫރިޒަމްއާއި އޭވިއޭޝަން އަކީ ގުޅިލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވާފައިވާ އިރު، މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަންއަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް  ވެސް ޖެނިފާ ވަނީ ވިދާޅުވެފަ އެވެ.

މި ކެޓަގަރީން މީގެ ކުރިން 2 ފަހަރެއްގައި މޯލްޑިވިއަންއަށް ވަނީ ސާޓާ އެވޯޑް ހާސިލް ކޮށްފައެވެ.

މޯލްޑިވިއަންގެ އުދުހުންތަކުގައި ޑޭޝް8 -200 މަރުކައިގެ 37 ގޮނޑީގެ 2 މަތިންދާ ބޯޓާއި ޑޭޝް8-300 މަރުކައިގެ 50 ގޮނޑީގެ 8 މަތިންދާ ބޯޓު ބޭނުން ކުރެއެވެ.

އެއަރލައިނުން މާމިނގިލި ފިޔަވާ ރާއްޖޭގެ ހުރިހާ އެއަރޕޯޓުތަކަށް ދަތުރު ކުރާއިރު ޗައިނާއަށާއި، ތައިލެންޑްގެ ވެރިރަށް ބެންކޮކަށާއި، އިންޑިއާގެ ޗެންނާއި، ކޮޗިން، ޑްރެވެންޑަރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ބޭރުގެ ދަތުރުތައް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް