ކ. ކަނޑޫމާ ރިސޯރޓްގެ ނެރުމައްޗަށް "ވީނަސް" ނަމަކަށް ކިޔާ ދޯންޏެއް އުރުމުގެ ސަބަބުން އެ ހިސާބުގައި އެމް.އެން.ޑީ.އެފް ގެ ކޯސްޓް ގާރޑް ހަރަކާތްތެރިވަމުން އެބަދެއެވެ.
"ވީނަސް ދޯނި އުރިފައިވާ ކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް ގެ ކޯސްޓް ގާޑަށް ލިބިފައިވަނީ މިއަދުގެ ހެނދުނު 8.30 ހާއިރުކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
މަޢުލުމާތުލިބޭ ގޮތުގައި އުރިފައިވާ ދޯނީގެ ބަނޑުފިލައިން މަޑުލެއް ނައްޓައި މިހާރު ދޯނިވަނީ ދިޔަވާން ފަށާފައެވެ. އަދި ކޯސްޓް ގާޑުން މިހާރު ދަނީ މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެމް.އެން.ޑީ.އެފް ގެ ކޯސްޓްގާޑުން މަޢުލުމާތު ލިބޭ ގޮތުގައި އުރިގެން ދިޔަވަމުންދަނީ ކަނޑޫމާގެ ސަޕްލައި ދޯންޏެކެވެ. އަދި ދޯނީގައި ތިބީ 3 ދިވެހިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް