ޗަމްޕާ މުހައްމަދު މޫސާ ޅ. މާފިލާފުށީގައި އެކްޒެކެޓިވް ބްލޮކެއް އަޅައިދޭން ނިންމައިފި އެވެ.
މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި ޗަމްޕާ މުޙައްމަދު މޫސާ އެވެ.
މި އިމާރާތުގެ ބިންގާ އެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ. މާފިފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވާހަކަދައްކަވަމުން ވިދާޅުވީ ސިފައިންގެ އުމްރާނީ ތަރައްގީއާއި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާ ކުރައްވވާ ކަމަށެވެ. އަދި ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ މުޙައްމަދު މޫސާ، ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ހުރިހާ ސިފައިންގެ ނަމުގައި ޝުކުރު އަދާ ކުރެއްވި އެވެ.
މާފިލާފުށީގައި އަޅާ މި އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދެނީ ޗަމްޕާ މުހައްމަދު މޫސާގެ އެހީތެރިކަމާއެކުގައެވެ. މި އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ ހަ ކޮޓަރިއެވެ.
މި އިމާރާތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗަމްޕާ މުޙައްމަދު މޫސާ އާއި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ނޮދަން އޭރިއާގެ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފް ބައިވެރިވެލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް