ނޭފަތުގައި ނެގީ ބިއްސެއް- ފެތުރުނީ މުޅި މޫނަށް

ފިލިޕީންސްގެ އެންމެ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ މޭރީގެ ނޭފަތުގައި ނެގި ކުޑަކުޑަ ބިއްސެއް އޭނާގެ މުޅި މޫނަށް ފެތުރި ޢާންމުންގެ އެހީތެރިކަމަށް އެދެފިއެވެ. "އަހަރެން ހީކުރީ އެއީ އާދައިގެ ބިއްސ...

15 Dec 2020 | 19:23

ފިލިޕީންސްގެ އެންމެ 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ މޭރީގެ ނޭފަތުގައި ނެގި ކުޑަކުޑަ ބިއްސެއް އޭނާގެ މުޅި މޫނަށް ފެތުރި ޢާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.

"އަހަރެން ހީކުރީ އެއީ އާދައިގެ ބިއްސެއް ކަމަށް އެންމެ ފުރަތަމަ. އެކަމަކު ވަރަށް ތަދުވޭ އެތަނަށް. އަހަންނަށް ރޭނގަނޑު ނުވެސް ނިދޭ. މިހާރު އަހަންނަށް ހީވަނީ އަހަރެންގެ މޫނު ދެން ދުވަހަކުވެސް ރަނގަޅެއް ނުވާނެހެން"

މޭރީގެ އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

މޭރީގެ މުޅި މޫނަށް ފެތުރިފައިވާ އެ އިންފެކްޝަންގެ ސަބަބުން މިހާރުވަނީ އޭނާގެ ލޮލުގެ ފެނުމަށްވެސް އެކަމުން އަސަރުކުރަންފަށާފައެވެ.

މޭރީ ވަނީ ފަރުވަ ހޯދުމަށް ޑޮކްޓަރަށްވެސް ދައްކާފައެވެ. ނަމަވެސް ހޮސްޕިޓަލުގައި އެކަމަށް ފަރުވާ ދެވޭނެ ސާމާނުތައް ލިބެން ނެތުމުން އެހެން ހޮސްޕިޓަލަކަށް ވަނީ ޓްރާންސްފާކޮށްފައެވެ.

އެހެން ނަމަވެސް ޕާރޓް ޓައިމްކޮށް ފާރމްއެއްގައި މަސައްކަތްކުރަމުންދާ މޭރީގެ ފިރިމީހާ އެލްބާރޓްއަށް ކިރިޔާ ފުދޭ ވަރުގެ މުސާރައެއް ލިބެމުންދާތީ އެ ދެމަފިރިންނަށް ވަނީ މޭރީގެ އެ ބައްޔަށް ފަރުވާއެއް ހޯދުމަށް ނުކުޅެދިފައެވެ.

މޭރީގެ ދެމަފިރިން ވަނީ މިކަމުގައި އެހީތެރިވެވެން އޮތް ފަރާތްތަކުން އެމީހުންނަށް އެހީތެރިވެދިނުމަށް ވަރަށް ބޮޑަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް