ކޮބާ ! ރީތި ރީތި ދޮންހިޔަލަޔާ ވާހަކަ ދައްކާލައިފިންތަ – އުރީދޫ އޭއައި ޗެޓްބޮޓް މެދުވެރިކޮށް ވާހަކަ ދައްކާލެވޭނެ

މި ނޮވެމްބަރ މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުން ބައްދަލުކުރާނީ ދޮން ހިޔަލައެވެ. އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި ފޯކްލޯރ ވާހަކަ ތ...

16 Nov 2025 | 15:56
އުރީދޫ ކަލަންޑަރުގެ ނޮވެމްބަރު މަސް ޚާއްޞަ ވަނީ ދޮންހިޔަލައަށް -

އުރީދޫ ކަލަންޑަރުގެ ނޮވެމްބަރު މަސް ޚާއްޞަ ވަނީ ދޮންހިޔަލައަށް -

މި ނޮވެމްބަރ މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުން ބައްދަލުކުރާނީ

ދޮން ހިޔަލައެވެ.

އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކުރެވިފައިވަނީ ދިވެހި

ފޯކްލޯރ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ.  އަދި އޭ އައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ

ވާހަކަ ދެކެވޭ ގޮތް މިވަނީ ފަހިކޮށްދީފައެވެ.

އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ ފަތްމިނި ދޮން ހިޔާލަ އޭނާގެ މައިންބަފައިން

ގެންގުޅުނީ އެމީހުންގެ ރަށް ބުރުނީގައި ފޮރުވައިގެންނެވެ. ނަމަވެސް ހުޅުދެލީގެ ހިތްވަރުގަދަ

ޒުވާނެއް ކަމަށްވާ އަލީ ފުޅު އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ހުރިހާ ގޮންޖެހުމަކާ އެކު

އެ ދެ މީހުން ކައިވެނި ކުރެ އެވެ. ނަމަވެސް އެމީހުންގެ އުފާވެރިކަމާ ލޯބި ފެނިފައި

ރަސްގެފާނު ޙަސަދަވެރިވިއެވެ. އަދި ދޮން ހިޔަލައާއި އަލިފުޅުގެ ލޯތްބާއި މިނިވަންކަމަށް

ބޮޑު އިމްތިހާނެއް ކުރިމަތިވިއެވެ.

ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި

"ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓަރ އުރީދޫގެ ކަލަންޑަރުގައި ހިމެނެއެވެ.

މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ. މިއީ

ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ.

އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް

ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެއެވެ. ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް

ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު

ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު

ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް

އަންލޮކް ވެގެންދާނެއެވެ.

މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން

ޖީލުތަކުގެ މެދުގައި  ގުޅުންދަމަހައްޓާ ޑިޖިޓަލް

މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ.

އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އަޅުގަނޑުމެންނާ

ގުޅިވަޑައިގެން، އަޅުގަނޑުމެންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި

ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން ދައުވަތު އަރުވައެވެ.

އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ބަޑި އެދުރާ ވާހަކަ ދައްކާލުމަށް

https://ore.do/aifolktales

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް