ކޮވިޑް ޖެހިފައިވާ މީހަކާ ބައްދަލުވުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެކަހެރިވެވަޑައިގެންފި އެވެ.
ބޮރިސް ބައްދަލުވެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ލީ އެންޑަސަންއާ އެކު ބޮޑު ވަޒީރު ބޯރިސް ވަނީ 35 ވަރަކަށް މިނިޓް ހޭދަކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮރިސްގެ ހާލުކޮޅު ރަނގަޅު ކަމަށް އެ މަނިކުފާނުގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
ބޮރިސް ޖޮންސަން، ލީ އެންޑަސަން އާއެކު ނެންގެވި ފޮޓޮއެއް ވަނީ ފޭސްބުކްގައި ވެސް ވަނީ އާއްމު ވެފައެވެ.
ކޮވިޑް-19 ޖެހިގެން، ބޮރިސްއަށް މާޗް މަހުވެސް ބޮރިސް އަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް