އުރީދޫ މޯލްޑިވްސް އިން "އާޗާ ޕްރިޕެއިޑް" ގެ ނަމުގައި ރާއްޖެއަށް މުޅިން އައު ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތަޢާރަފް ކޮށްފިއެވެ.
މިއަދު ތަޢާރަފްކުރެވުނު އާޗާ ޕްރިޕެއިޑް ޕްލޭންސް އަކީ އެއް ފަހަރު ރީޗާރޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭންތަކެކެވެ. ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭ އާޗާ ޕްރިޕެއިޑް ޕްލޭންތައް ވަނީ 12 މަސް، 6 މަސް އަދި 3 މަހަށް ބަހާލެވިފައެވެ.
އުރީދޫއިން މައުލޫމާތުދެއްވާގޮތުގައި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކް އާއި ގުޅިގެން އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ޢާންމު ދިރިއުޅުމުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، އޮފީސް މަސައްކަތާއި، ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދިއުމާއި އެހެނިހެން ކަންކަމުގައި އިންޓަނެޓްގެ މުހިންމުކަން އެތައް ގުނައެއް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އާޗާ ޕްރިޕެއިޑް ޕްލޭން ތައާރަފް ކުރެވިފައިވަނީ، ޕްރިޕެއިޑް ބޭނުންކުރައްވާ ފަރާތްތަކަށް ހެޔޮ އަގުގައި ގިނަ ފައިދާތަކެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، މިއަދު ތަޢާރަފްކުރެވުނު އައު ޕްރިޕެއިޑް ޕްލޭންސް، "އާޗާ ޕްރިޕެއިޑް" އަކީ ޕްރިޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ލިބޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ޕްލޭންތަކެއް ކަމަށާއި އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކޮށްލުމުން އެއް ފަހަރު ރިޗާރޖް ކޮށްލައިގެން 3 މަހަށް، 6 މަހަށް ނުވަތަ 12 މަހަށް ލުއިފަސޭހަ ކަމާއެކު ޑޭޓާ އެލަވަންސް، އަންލިމިޓަޑް އުރީދޫ ކޯލްސް އަދި ހިލޭ އެސް. އެމް. އެސް ކޮންމެ މަހަކު އާވެ، މެދުކެނޑުމެއްނެތި އާއިލާއާއި ރައްޓެހިންނާއި އެކު އޮންނަ ގުޅުން ބަދަހިކޮށް، އެހެނިހެން ކަންކަން ކުރުމަށްވެސް މަގު ފަހިވެގެންދާނެކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތްކުރަނީ މިފަދަ އިޖާދީ ތަފާތު ޕްރޮޑަކްޓްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އިތުރު ލުއިފަސޭހަކަމާއި އެކު ގިނަ ފައިދާތަކެއް ލިބޭ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭތޯ." ނިޔާޒް ވިދާޅުވިއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:
އުރީދޫ އެޕް: http://ore.do/app
އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް "3" (3 މަހުގެ ޕްލޭން)، "6" (6 މަހުގެ ޕްލޭން) ނުވަތަ "12" (12 މަހުގެ ޕްލޭން) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
*929*1#އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރިޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކޮށްލުމުން އެކްޓިވޭޓްކޮށްލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް