އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯ ބައިޑެން ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މިއީ ޖޯ ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ޓްރަމްޕް ވިދާޅުވި ފުރަތަމަ ފަހަރު. ނަމަވެސް ހަމަ އެއާއެކު، އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ދައްކާ ސާބިތުނުހިފޭ ވާހަކަތައް ޓްރަމްޕް ވަނީ ތަކުރާރުކުރައްވާފަ.
އިންތިހާބުގައި އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތައް އެމެރިކާގެ ސްޓޭޓްތަކުގެ އިލެކްޝަން އޮފިޝަލުން ވަނީ ދޮގުކޮށްފަ. އަދި އެއްވެސް ވޯޓިން ސިސްޓަމަކުން ވޯޓުތަކަށް ބަދަލު ގެނައުމުގެ ހެއްކެއް ނެތްކަމަށް ވަނީ ބުނެފަ.
ޓްރަމްޕްގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ކެމްޕޭނުން ވޯޓާ ދެކޮޅަށް ބައެއް ސްޓޭޓުތަކުގައި ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ހެކި ނެތުމުގެ ސަބަބުން ގިނަ މައްސަލަތައް ވަނީ ބޭރުކޮށްފަ.
މީގެ އިތުރުން ވެސް ދާދި ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯ ވަނީ އަމާންކަމާއެކު ދެވަނަ ދައުރެއްވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ކުރައްވާނެކަމަށް ވިދާޅުވެފަ. އަދި އިންތިޚާބީ ރައީސަކަށް ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ހޮވިވަޑައިގެންނެވި ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް