ދަރުމަވަންތަ ހޮސްޕިޓަލް 300 މިލިއަން ޑޮލަރުގެ ސުުކޫކެއް ވިއްކުމަށް ރަހުނު ކުރަން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅު ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަޖެޓް ބަހުސްއަށް ބަހުސް ކުރައްވަމުން ފެލިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވިއްކުމަށް ހެލްތު މިނިސްޓްރީގެ ނަމުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލު އަޅާފައިވާ ބިން ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކޮށް، އެ ތަން ރަހުނު ކުރަން އުޅޭކަމުގެ ސިޓީއެއް އޭނާ ލިބިފައިވާ ކަމަށެވެ. އަދި އެ ސިޓީ ލިބިފައިވަނީ މަޖިލިސް ޖަލްސާގައި ހުންނަވަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަޒުލް އިިތުރަށް ވިދާޅުވީ، އަންނަ އަހަރަށް 15 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ލަފާކޮށްފައިވާއިރު، ޑެފިސިޓަށް ދާ ފައިސާ ހޯދަން ސަރުކާރުން ނިންމާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނުއަގުގައ އެޅިކަމަށް ބުނާ ދަރުމަންވަންތަ ހޮސްޕިޓަލް ރަހުނު ކޮށްގެން ކަމަށެވެ.
ދަރުމަވަންތަށް ހޮސްޕިޓަލް ރަހުނު ކުރަން އުޅޭ ފަޒުލް އެ ވިދާޅުވާ ސިޓީއަކީ ފިނޭންސް މިނިސްޓަރު އަމީރު ސޮއި ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީ އެކެވެ.
އެ ސިޓީ ގައި އަމީރު ވިދާޅުވެފައިވަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށް ވިއްކަން ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ބޭނުންވާނެ ކަމަށެވެ. އަދި އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭނެ ކަމަށެވެ.
އެގޮޮތަށް އެކަން ކުރަން ބަލާއިރު އެންމެ ރަނގަޅު ސަރުކާރުގެ ހަރު މުދަލަކީ ދަރުމަންވަންތަ ހޮސްޕިޓަލް ކަމަށާއި މައްސަލައަކީ އެތަން ފިނޭންސް މިނިސްޓްރީގެ ނަމުގައި ދަށުގައި ނެތި ހެލްތު މިނިސްޓްރީގެ ނަމުގެ ދަށުގައި ހުރުން ކަމަށް އަމީރު ވަނީ އެ ސިޓީގައި ވިދާޅުވެފަ އެވެ. ނަމަވެސް 300 މިލިއަން ޑޮލަރުގެ ސްކޫކު ވިއްކޭނީ އެ އިމާރަތް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކޮށްގެން ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.
ވިއްކަން އުޅޭ 300 ސްކޫކުގެ މައުލޫމާތު އަމީރު ވަނީ އަންނަ އަހަރުގެ ބަޖެތު މަޖިލީހަށް ހުށަހެޅި ދުވަހު ދެއްވައިފަ އެވެ. ނަމަވެސް ރަހުނު ކުރާ އިމާރާތާ ގުޅޭ ގޮތުން އެ ދުަވަހު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް