އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ މިދިޔަ ތިން މަހުގެ ނަސީބުވެރިން ހޮވައިފި އެވެ.
މި ޕްރޮމޯޝަން އެ ކުންފުނިން ފެށީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. މިދިޔަ ޖުލައި މަހުގެ ނިޔަލަށް ކުރިޔަށް ގެންދަން ނިންމާފައި އޮތް މި ޕްރޮމޯޝަންގެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރު ކުރީ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދިޔަ ތަރުހީބަށް ބެލުމަށް ފަހު ކަމަށް އެންޒީން ބުނެ އެވެ.
މި ޕްރޮމޯޝަންގެ ފެބްރުއަރީ މާޗް، އޭޕްރިލް، މެއި އަދި ޖޫން މަހާއި ޖުލައި މަހު ހޮވުނު ނަސީބުވެރިންނަށް ވަނީ އިނާމު ދީފައި އެވެ. އިއްޔެ ގުރުއަތު ނަގައި އިނާމު ހަވާލުކޮށްފައިވަނީ އޮގަސްޓު، ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ލަކީޑްރޯއިން ހޮވުނު ނަސީބުވެރިންނަށެވެ.
މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ތިން ނަސީބުވެރިން ހޮވަ އެވެ. ކޮންމެ މަހަކު އެއް ވަނައަށް ހޮވޭ ފަރާތަށް، 10،000 ރުފިޔާ، ދެވަނަ އަށް ހޮވޭ ފަރާތަކަށް، 5،000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 1،000 ރުފިޔާ ލިބެ އެވެ.
އަދި ފެބްރުއަރީން ޑިސެމްބަރުގެ ނިޔަލަށް މި ޕްރޯޝަންގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ގްރޭންޑް ލަކީޑްރޯއެއް ނެގުމަށް ހަމަޖެހިފައިވެ އެވެ. އެ ލަކީޑްރޯގައި އެއްވަނައަށް ހޮވޭ ނަސީބުވެރިޔަކަށް 100،000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ.
އެންޒީން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޯގޯ ޖަހާފައިވާ މަސްދަޅުގެ ލޭބަލްގެ އެތެރޭގައި އިންނަ ސީރިއަލް ނަމްބަރު އެސްއެމްއެސް ކޮށްގެން ނެވެ. އެ ސީރިއަލް ނަމްބަރު އެސްއެމްއެސް ކުރަން ޖެހެނީ 5040 އަށެވެ.
މި ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު އެންޒީގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް