ވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓްރީ ގުރޫޕުން ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމުމުން މިނިސްޓަރު މަލީހު ޖަމީލް އެ ގަރާރު އިސްލާހުކުރަން ގޮވާލައިފި އެވެ.
މިނިސްޓަރުކަމުގެ މަގާމުން މަލީހު ވަކިކުރުމުގައި އިސްކޮށް އުޅުއްވަނީ އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އޭނާ ވިދާޅުވީ މަލީހުގެ އިތުބާރު ނެތް ކަމަށާއި މަލީހުއަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށާއި އެކަމުގެ ސަރުކާރަށާއި ރައްޔިތުންނަށް ކޮންމެ ދުވަހަކު ގެއްލުންވަމުންދާ ކަމަށް މީކާއިލް އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހެޅި ގަރާރު ވަނީ ބުނެފަ އެވެ.
މީކާއީލްގެ ގަރާރަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ، އެ ގަރާރުގައި ވަނީ ދޮގު ތުހުމަތެއް ކަމަށާއި، އެ ގަރާރު އިސްލާހުކުރަން ޖެހޭ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާނަމަ ހުށައަަޅަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ބޭނުން ކޮށްގެން ކަމަށް ލިޔުއްވުން ރަނގަޅުވާނެ ކޮމިއުނިކޭޝަން މިނިސްޓްރީ ހިނގާ ގޮތް އޮޅުން މެމްބަރުން އޮޅުން ފިލުވުން ރަނގަޅު ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޕާލިމެންޓް ގްރޫޕުގެ މެމްބަރުން ފާޑި ކިޔުން އަބަދުވެސް މަލީހަށް އަމާޒުވެ އެވެ. އަދި އިއްޔެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަލީޙަށް ފާޑު ވިދާޅުވެ މެމްބަރަކު ކުރެއްވި ޓުވީޓަކަށް ތާއިދު އޮތްކަން ހާމަކުރައްވައިފަ އެވެ.
މާލީހު ވަނީ ޓީވީ ޕްރޮގްރާމެއްގައި އެމްޑީޕީ ޕީޖީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރު ހިންގަންވި ގޮތް މަޖިލީހަށް ނޭގޭނެ ކަމަށާއި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަނބުރާ ނުލެވޭނެ ކަމަށް މަލީހު ވަނީ ވިދާޅުވެފަ އެވެ. ހަމަ އެއާއެކު އެމްޑީޕީ ޕީޖީއިން ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ މަސައްކަތް ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް