ބަޖެޓު އަނބުރާ ގެންގޮސް އަލުން މުރާޖައާ ކުރަން ޖެހޭ: ސަލީމް

ދެހާސް އެކަވީސް ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ މިއަދުގެ ހާލަތަށް ކަމުދާ ބަޖެޓަށް ނޫން ކަމަށާއި، އެ ބަޖެޓު އަނބުރާ ގެންގޮސް މުރާޖާއާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީ...

16 Nov 2020 | 08:40

ދެހާސް އެކަވީސް ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ މިއަދުގެ ހާލަތަށް ކަމުދާ ބަޖެޓަށް ނޫން ކަމަށާއި، އެ ބަޖެޓު އަނބުރާ ގެންގޮސް މުރާޖާއާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.

،މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތަކުގެ ބަދަލުގައި މިއަދު ޖެހިފައި ވަނީ "މުސީބާތުން" ރައްޔިތުން ސަލާމަތްކުރަން މަސައްކަތް ކުރުން ކަމަށެވެ. ބަޖެޓްގަައި ތަރައްގީގެ މަޝްރޫއުތަކަށް ޖަހާފައިވާ އަދަދުތަކުގެ ބަދަލުގައި މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރަން ބަޖެޓުގައި ފައިސާ ހިމަނަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ މިއަދުގެ ހާލަތާ ބަލާއިރު ބަޖެޓު މާ ބޮޑު ކަމަށެވެ. އަދި ބަޖެޓު އެކުލަވާލުމުގައި އޭރެއްގެ އިގްތިސޯދީ ހާލަތަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ. އަންނަ އަަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރާ މިންވަރަށް ބޭރު ފައިސާ ނުލިބިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ބަޖެޓް އަލުން އަނބުރާ ފޮނުވާ ކުޑަކުރަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އަދި ބަޖެޓް ކުޑަކޮށްފިނަމަ ތަކެތީގެ އަގޮބޮޑުވެ އެކްސްޗޭންގް ރޭޓު އަގު އަގު 25 އަށް ނުވަތަ 20 އަށް އަރާނެ ކަމަށެވެ.

އެ ޖަލްސާގައި ސަލީމްއަށް ރައްދު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖެ އަށް ކުރިމަތިވި އިގުތިސާދީ މައްސަލަތަކާ އެކު އިގުތިސާދު މިހާރު ވެސް ކުޑަވެފައިވާ ކަމަށާއި ސަރުކާރުން ކުރާ ހަރަަދު ކުޑަކޮށްފި ނަމަ އިގުތިސާދު ދާނީ ހައްތާ ކުޑަވަމުން ކަމަށެވެ.

ފިނޭންސުން ބަޖެޓު އެކުލަވާލި ގޮތާއި މެދު ގަވަރުނަރު ވެސް ވަނީ އިއްޔެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް