އަންނަ އަހަރުގެ ބަޖެޓު ބޮޑުވީ ކުރީ ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުން: ނަޝީދު

އަންނަ އަހަރުގެ ބަޖެޓް ބޮޑުވެފައިވަނީ ކުރީ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ހިމަނާފައިވުމުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ...

16 Nov 2020 | 08:26

އަންނަ އަހަރުގެ ބަޖެޓް ބޮޑުވެފައިވަނީ ކުރީ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ހިމަނާފައިވުމުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދެހާސް އެކާވީސް ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސް ބެޖެޓުގައި ރިޔާސަތު ބަލަހައްޓަވަން ހުރެ ތަކުރާރުކޮށް ނަޝީދު ވިދާޅުވަމުން ގެންދިޔައީ ބަޖެޓު ބޮޑުވެފައިވަނީ ޗައިނާއަށް އަދާކުރަން ޖެހޭ ފައިސާ ހިމަނާފައި ވުމުން ކަމަށެވެ. ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ޗައިނާ އިން ރާއްޖެއަށް އިންތިހާއަށް ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ގިނަ ލޯނުތަކުގެ ގްރޭސް ޕީރިޑް ހަމަވެ، އޭގެ ބޮޑުބައެއް އަނބުރާ ދައްކަންޖެހިފައިވަނީ މިއަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

ލޯނު ދެއްކުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައިި 4.9 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން 80 ޕަސަންޓަކީ ޗައިނާ ލޯނަށް ހާއްސަ ބައެވެ.

ބެޖެޓާމެދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގަވަރުނަރު އަލީ ހާޝީމް ވަނީ އިއްޔެ ކަންބޮނޑުވުން ފައުޅުކޮށްފަ އެވެ. ގަވަރުނަރު އިއްޔެ ބެޖެޓު ދިރާސާކުރާ ކޮމިޓީގައި ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓު ތައްޔާރު ކުރުމުގައި ދާއިރާގެ ތަޖުރިބާކާރުންގެ އަޑު އައްސަވާފައިނުވާ ކަމަށެވެ. އަދި ބަޖެޓު ތައްޔާރުކުރީ އެ ފަރާތްތަކުގެ ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް