ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ބޭންކުން ދެމުންދާ އެހީތެރިކަމުގެ ދަށުން އެ ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުގައި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން އަންނަނީ މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް، އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން ހއ.، ހދ. މ. ފ. އަދި ދ. އަތޮޅުގެ އެހީއަށް އެދި ހުށަހަޅާފައިވާ ރަށްތަކުގެ ކުދިންނަށް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުސްތަގްބަލްގައި އަތޮޅުތައް އިތުރުކުރުމަށް އާކް އިން މަސައްކަތްކުރަމުންދާނެއެވެ.
މިދިޔަ މޭ މަހުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 50،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އާކް އަށް ދީފައިވާ މައުލޫމާތާ އެއްގޮތަށް މާލޭ ސަރަހއްދުގައި ދިރިއުޅޭ 115 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް