ނަމާދުގައި ސަޖިދަ އަދި ރުކޫޢުގައި ކިޔާ ޛިކްރުތައް ކިޔުމުގެ ވާޖިބު މިންވަރަކީ އެއްފަހަރެވެ.
އަދި އެޛިކްރުތައް ކިޔާއިރު ތިންފަހަރަށްވުރެ މަދު ނުކުރުން އެދެވިގެންވެއެވެ. ފުރިހަމަގޮތުގެ އެންމެ މެދު މިނީ ތިންފަހަރު ކިޔުމެވެ. އަދި ގިނައިން ކިޔަން ބޭނުންވާ މީހާ ކިތަންމެ ގިނައިން ކީ ކަމުގައިވިޔަސް އޭގައި މައްސަލައެއް ނެތެވެ. ގިނަވެގެން ވަކި ޢަދަދެއް ނެތެވެ. ނަމާދު ކުރާ މީހާ ނަމާދުގެ ޛިކްރުތައް ގިނައިން ކީވަރަކަށް ޘަވާބު ލިބޭ މިންވަރު އިތުރުވާނެއެވެ.
އެކަމަކު އިމާމަކު ކަމުގައިވާ މީހާ، މައުމޫމުންނަށް ރިޢާޔަތްކުރަން ޖެހޭނެއެވެ.
އިބްނު ޤުދާމާ ރަޙިމަހުﷲ އަލްމުޣްނީގައި ވިދާޅުވެފައިވެއެވެ.
"އަދި އޭނާ سُبْحَانَ رَبِّي الْعَظِيمِ ތިންފަހަރު ކިޔާހުށިކަމެވެ. އެއީ ފުރިހަމަކަމުގެ އެންމެ މަދު މިންވަރެވެ. އެންމެ ފަހަރަކު ކީ ކަމުގައިވިޔަސް އޭނާގެ ކިބައިން ފުދޭހުއްޓެވެ." "المغني" لابن قدامة (1/361)

الشيخ محمد شافع
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް