ކާފިއު ވަގުތަށް ބަދަލު ގެނެސްފި، މިހާރު ރޭގަނޑު 11 އިން ފަތިހު ހަތަރަކަށް

ކޮވިޑާއި ގުޅިގެން ކާފިއު ހިންގާ ވަގުތަށް ބަދަލުގެނެސްފިއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު ހަތަރަކަށް އެއ...

16 Oct 2020 | 17:22

ކޮވިޑާއި ގުޅިގެން ކާފިއު ހިންގާ ވަގުތަށް ބަދަލުގެނެސްފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދު ދުއްވުމާއި މީހުނު ނުކުތުން މަނާ ކަމަށެވެ. ކުރިން އޮތީ ރޭގަނޑު 10 އިން ފަތިހު ފަހަކަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓްފަދަ ތަންތަން ރޭގަނޑު 10:30 އިން ފަތިހު 4:30 އަށް ހިދުމަތް ދީގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. ކުރިން އޮތީ 09:30 ގައި ބަންދު ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ފިހާރަތައް ހުޅުވާ ލައްޕާ ވަގުތުތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ކޮވިޑު ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެމުން އަންނައިރު، އަދަދުތައްވެސް މިހާރު ހުރީ ދެ އަދަދުގައި ހިފެހެއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް